ދޯންޏެއް ބަންޑުން ޖަހާލައި ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ

ފުލުހުން ބުނީ ފަރުވާ ދެމުން ދަނިކޮށް މިއަދު 10:30 ހާއިރު މަރުވެފައި ވަނީ 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކަނޑުވި މީހުން މޫދުގައި: އެތަނުން އެކަކު ވަނީ މަރުވެފައި --

ހދ. ކުމުންދޫ ކައިރިން ދޯންޏެއް ބަންޑުން ޖަހާލައި، ކަނޑުވި މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ބަންޑުން ޖަހާލައިފައި ވަނީ ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ހަތަރު މީހުންނާއެކު ދަތުރުކުރި "ކާނި" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެކެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނި ބަންދު ޖަހައިލި ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 8:45 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބާކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީގައި ހދ. ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނިކޮށް އެކަކު ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ ފަރުވާ ދެމުން ދަނިކޮށް މިއަދު 10:30 ހާއިރު މަރުވެފައި ވަނީ 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ދޯނިން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ވަނީ ނަގާފަ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނޯޓް - މި ހަބަރުގައި ބަންޑުން ޖަހައިލީ ލޯންޗެއް ކަމަށް ކުރިން ލިޔެވިފައި ވަނީ އެމްއެންޑީއެފުން ދިން މައުލޫމާތުގެ މައްޗަށެވެ. ނަމަވެސް އެއީ ސަޕްލައި ދޯންޏެއް ކަމަށް އެމްއެންޑީއެފުން ފަހުން ބުނުމާއެކު، އެ ކުށް މިހާރު ވާނީ މި ހަބަރުން އިސްލާހު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.