ފުލުހުން މިއަދު ބުނީ އުމުރުން 29 އަހަރުގެ މޫސާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މާވަށުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މަރައިލި އެރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ އުމުރުން 29 އަހަރުގެ މޫސާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މޫސާގެ ކަރަށް ވަޅި ޖަހައި މަރާލިކަމުގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29، ވަނީ ހައްޔަރުކޮށްފަ އެވެ.
މޫސާގެ ކަރަށް ހެރި ވަޅި ފުލުހުން ހޯދާފައި ވަނީ މޫދު އަޑިންނެވެ. ހަމަލާ ދީފައި ވަނީ އެ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
މުހައްމަދު އިބްރާހިމް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.