ފުލުހުން މިރޭ ބުނީ، ޒަމާނީ އައިލެންޑު ރިސޯޓު ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީގައި 17 ބިދޭސީން ތިބި ކަމަށެވެ.
ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު މިރޭ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ، ޒަމާނީ އައިލެންޑު ރިސޯޓު ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީގައި 17 ބިދޭސީން ތިބި ކަމަށެވެ.
ޑިންގީ ބަންޑުން ޖަހާލުމުން އެއިން ދަތުރުކުރި ތިން މީހަކު ވަނީ ފަތާފައި އެ ރިސޯޓަށް އަރައިފަ އެވެ.
ފުލުހުންނާއި އެ އަތޮޅުގެ ރިސޯޓުތަކުގެ ލޯންޗުތައް ގުޅިގެން ކަނޑުވި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.