ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިވާ ބިލު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި މި ބިލު މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއިދާއެކުގަ އެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --

ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި މި ބިލު މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއިދާއެކުގަ އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާގެ ގާނޫނު ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް މުރާޖައާ ކުރުމަށް ކަމަށެވެ.

އޭގެ އިތުރުން، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުގެ މުހިންމު މާލީ ކަންކަން ނިންމުމުގެ އަމަލުކުރަން ޖެހޭ އުސޫލު ބަޔާން ކުރުން ވެސް ގާނޫނު އިސްލާހު ކުރާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުގައި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ.

އޭގެ ތެރޭގައި، ކައުންސިލް އިދާރާއަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުން ހިމެނެ އެވެ.

ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ކުރިން ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ. ނަމަވެސް މި ބިލުގައިވާ ގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި، ކައުންސިލްތަކަށް ކުރެވޭނީ ހަމައެކަނި ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރި ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

މި ބިލުގައި ހުރި ކަންކަމަށް ގިނަ ކައުންސިލުތަކެއްގެ އިތުރުން އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް، މި ބިލު ދިރާސާކުރި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވެސް މި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައިވަނީ، އާންމުންގެ ހިޔާލަށް އެންމެ 19 ގަޑިއިރަށް ހުޅުވައިލުމަށްފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.