ޓެކުސް ނުދައްކާ ނަމަ އަޅުގަނޑު ވެސް ޖަލަށްލާ: ސަލީމް

މާލޭގައި 11 ފިހާރަ އާއި އެންމެ ބޮޑު ޝޮޕިން ސެންޓަރު ހިންގަމުން އަންނަ ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި ގޮތުގައި އޭނާގެ އަންދާޒާއަކީ ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަދަދު 15 އަށްވުރެ މަތީގައި ހުރުމެވެ.

އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ސަލީމް --

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި މަކަރު ހަދާ ނަމަ އޭނާ ވެސް ޖަލަށްލައި އަދަބު ދޭންވީ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި އެ ފައިސާ ހޯދަން މީރާއަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޓެކްސް ނަގަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށާ ނަމަވެސް އެ މަގުސަދު ހާސިލް ނުވަނީ ޓެކުހަށް މަކަރު ހެދުން އިތުރުވާތީ އެވެ. 

"އެއްޗެއް އާންމުކޮށްފިއްޔާ އަޅުގަނޑުމެން އެ ކަމަކަށް އަމަލު ކުރަންޖެހޭނެ،" ސަލީމް ވިދާޅުވި އެވެ. 

މާލޭގައި 11 ފިހާރަ އާއި އެންމެ ބޮޑު ޝޮޕިން ސެންޓަރު ހިންގަމުން އަންނަ ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި ގޮތުގައި އޭނާގެ އަންދާޒާއަކީ ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަދަދު 15 އަށްވުރެ މަތީގައި ހުރުމެވެ. އަދި މީގެ ސަބަބުން ދައުލަތް ހިންގަން ލިބެންޖެހޭ ފައިސާ ކޮންމެ އަހަރަކު ވެސް އުނިކުރުންކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ޓެކްސް ގާނޫނަށް ގެންނަ އިސްލާހު

  •  އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސް އަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު ކަނޑައެޅުން މީގެ އަދަބަކީ ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލުން
  •  ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް ހަ މަސް ދުވަހާ ހަމައަށް ގޭބަންދު ކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ ކުރުމާއެކު ހަ މަސް ދުވަހަށް ޖަލަށްލުން
  •  ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދު ބޮޑު ކުރުން
  •  މިހާރުގެ އަދަބެއްގެ ގޮތުގައި ނަގަނީ 0.05 ޕަސެންޓުގެ ޖޫރިމަނާ ބޮޑު ކުރާނީ 0.1 ޕަސެންޓަށް
  •  މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ބަދަލު ކުރުން
  •  މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި ހަލާސް ކޮށްގެން
  •  ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ދިނުން
  •  ގެންނަ ބަދަލާއެކު ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ
  •  ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ދިނުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.