އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ޣަނީ އައްޔަނުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރައްވައިފި އެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޣަނީއަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު ޣަނީ ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

ޣަނީ ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވާސިޓީން އެލް.އެލް.ބީ (އޮނާސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި މާސްޓާސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވާފަ އެވެ. 

އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނުކުރުމުގެ ރުހުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ދިނީ އިއްޔެގެ ޖަލްސާގަ އެވެ. 

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން ހުސްވީ، އެމަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ.

އެ މަގާމު ހުސްވުމާއެކު މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ޣަނީގެ އިތުރުން ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) އާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ތިން ބޭފުޅުންނާ އިންޓަވިއުކޮށް، ޖޭއެސްސީން ރައީސަށް ލަފާއަރުވާފައިވަނީ، އެ މަގާމަށް ޣަނީ އައްޔަނުކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.