ކުޅުދުއްފުށީގައި ފަތިހު ދުވަން ނުކުތް ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނެއްޖެ

"ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމާއި، މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

ކުޅުދުއްފުށި ސިޓީ: 67 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި --

ކުޅުދުއްފުށި ސިޓީގައި ފަތިހު ދުވަން ނުކުތް އުމުރުން 67 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނެއްޖެ އެވެ.

ފުލުހުން ބުނީ އެރަށު، ޖިފުޑި، ހަސަން މޫސާ މިއަދު ފަތިހު 5:00 ގައި ގެއިން ނުކުމެގެން ދުވަން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހެނދުނު 10:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ހަސަން މޫސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނިފައިވާ ކަމަށާއި، ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމާއި، މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.