މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ މ. ސްޓާ، މުހައްމަދު ރަޒީން 49، އެވެ. އޭނާ މިމަހުގެ ދެވަނަ ދުވަހު ބަންދުން ދޫކޮށްލުމަށްފަހު ތިންވަނަ ދުވަހު އަލުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހުންނަ އެމްޑީޕީ ހަރުގެއަކަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކޮށްފި އެވެ.
ގެއްލުން ދީފައި ވަނީ ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެ އަށެވެ. އެ މައްސަލަ އެރޭ ފުލުހަށް ހުށަހަޅާފައި ވަނީ ދަންވަރު 1:30 ހާއިރު އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ މ. ސްޓާ، މުހައްމަދު ރަޒީން 49، އެވެ. އޭނާ މިމަހުގެ ދެވަނަ ދުވަހު ބަންދުން ދޫކޮށްލުމަށްފަހު ތިންވަނަ ދުވަހު އަލުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަ އެވެ.
ރަޒީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޮޓަށް ހާޒިރު ކުރުމުން، 30 ދުވަހަށް ބަންދު ކުރަން ވަނީ ނިންމާފަ އެވެ.
ގެއްލުން ދިން އެމްޑީޕީ ހަރުގޭގެ ދޮރު ވަނީ ހަލާކުކޮށްލާފަ އެވެ. ދޮރުގެ އެއް ފިލާގަނޑު ވަނީ އެއްކޮށް ނައްޓާލައިފަ އެވެ.