ލާމުގެ 164،000 ހެކްޓަރުގެ ސަރަހައްދެއްގެ ގުދުރަތީ ރައުސުލްމާލް ހިސާބުކޮށްފި

މެޕްކުރި ސަރަހައްދުތަކުގެ ތެރޭގައި ލ. އަތޮޅުގެ އައްސޭރިފަށުގެ 7،250 ހެކްޓަރުގެ ސަރަހައްދެއް ވެސް ހިމެނެ އެވެ.

ލ. އަތޮޅުގެ އެންމެ ހިތް ފަސޭހަ އެއް ސަރަހައްދު ކަމަށްވާ މާބައިދޫ ކުޅި

ރާއްޖޭގެ ގުދުރަތީ ރައުސިލްމާލް ހިސާބު ކުރަން ހިންގާ "އެންދެރި ޕްރޮޖެކްޓް" ގެ ދަށުން ލ. އަތޮޅުގެ 164،000 ހެކްޓަރުގެ ސަރަހައްދެއްގެ ހިސާބުކޮށްފި އެވެ. 

ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ލ. އަތޮޅުގެ 164،000 ހެކްޓަރުގެ ސަރަހައްދެއް މެޕްކޮށް ފުރަތަމަ ފަހަރަށް ގުދުރަތީ ރައުސުލްމާލްގެ ފުރިހަމަ ބޭސްލައިނެއް ގާއިމްކޮށްފަ އެވެ. އެ މިނިސްޓްރީން މެޕްކޮށް ރައުސުލްމާޅްގެ ހިސާބުކުރި ސަރަހައްދުތަކުގެ ތެރޭގައި އައްސޭރިފަށުގެ 7،250 ހެކްޓަރުގެ ސަރަހައްދެއްވެސް ހިމެނެ އެވެ. މީގެތެރޭގައި ލ. އަތޮޅުގެ މުރަކަ ފަރުގެ 28 ސަރަހައްދަކާއި ހިތަދޫ އާއި މާވަށް އަދި މާބައިދޫގެ އިތުރުން ކަޅައިދޫގެ މޫދު ވިނައިގެ ސަރަހައްދުތައްވެސް ހިމެނެ އެވެ. އަދި މި ސަރަހައްދުގެ ކުޅިފާ ޗަސްބިންތައްވެސް ހިމެނެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ދިރާސާ އަށް މައުލޫމާތު އެއްކުރީ ޑިޖިޓައިޒޭޝާން އަދި ސެޓްލައިޓް ފޮޓޯގެ އިތުރުން ތަޖުރިބާކާރުންގެ ޓީމްތައް އެ ސަރަހައްދުތަކަށް ގޮސްގެންނެވެ. އަދި މި ދިރާސާތަކަށްފަހު ތިން އެކައުންޓެއް ތައްޔާރު ކުރާނެ އެވެ. އަދި މިގޮތަށް މުޅިރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މިގޮތަށް ތައްޔާރު ކުރާނެ އެވެ. 

އެންދެރި ޕްރޮޖެކްޓް - އެންދެރި އަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރައުސުލްމާލު ވަޒަންކޮށް މިވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަގްސަދުގައި އެކުލަވާލެވިފައިވާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓުގެ ދަށުން މީގެކުރިން ލ. އަތޮޅުގެ ބައެއް ފަރާތްތަކަށް 1.8 މިލިއަން ރުފިޔާ ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.