މިދިޔަ ޖޫން މަހު މުޅިރާއްޖޭގެ ޖުމްލަ އިންފްލޭޝަން 0.04 ޕަސެންޓް ދަށުގައި ހުރި ކަމަށް ދައްކަ އެވެ. މިދިޔަ މެއި މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.48 ޕަސެންޓު މަތީގަ އެވެ.
މިދިޔަ ޖޫން މަހު މުޅިރާއްޖޭގެ ހުރިހާ ކަރަންޓް ބިލްތަކުން % 3.18 ގެ ދަށްވުމެއް ފާހަގަވެފައިވާ ކަމަށް ކޮންސިއުޕާ ޕްރައިސް އިންޑެސް (ސީޕީއައި) އިން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާއްމުކުރާ ސީޕީއައި ދައްކާ ގޮތުން މިދިޔަ ޖޫން މަހު ހިދުމަތާއި އަގުތަކުގެ ތެރޭން އެންމެ ބޮޑަށް ދަށްވެފައިވަނީ ކަރަންޓް ބިލްތަކުންނެވެ. ކަރަންޓުން އިންފްލޭޝަން ވަނީ 3.18 ޕަސެންޓް ދަށްވެދަ އެވެ.
މި ބަދަލާއެކު މިދިޔަ ޖޫން މަހު މުޅިރާއްޖޭގެ ޖުމްލަ އިންފްލޭޝަން 0.04 ޕަސެންޓް ދަށުގައި ހުރި ކަމަށް ދައްކަ އެވެ.
މިދިޔަ މެއި މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.48 ޕަސެންޓު މަތީގަ އެވެ.
މިދިޔަ ޖޫން މަހު އަގުތައް އެންމެ ބޮޑަށް އުފުލިގެން ގޮސްފައިވަނީ ތަރުކާރީގެ އެވެ. މޭވާގެ އަގުތައް 3.20% ޕަސެންޓް އުފުލިފައިވެ އެވެ. އަދި ކުޅުޅު ބިހުގެ އަގުތައް 1.22% އުފުލުމެއްގައި ހުރިއިރު، ތަރުކާރީގެ އަގުތައް ވަނީ 0.83% އުފުލިފަ އެވެ. އަދި ފޯނު ހިދުމަތުގެ އަގުތައް 0.77% އުފުލިފައިވެ އެވެ، މީގެ އިތުރުން އަގު އުފުލިފައިވަނީ ޖޭމާއި މާމުއި އަދި ޗޮކްލެޓް ފަދަ ބާވަތްތަކެވެ. މި ބާވަތްތަކުގެ އަގުތައް ހުރީ 0.68% މަތީގަ އެވެ. އަދި ސީރިއަލްގެ އަގުތައް 0.21% އުފުލިފައިވާ ކަމަށް ދައްކަ އެވެ. އަދި ސައިފަތުގެ އަގުތައް 0.40% މައްޗަށް ޖެހިލާފައިވެ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓަށް މަރުކަޒީ ބޭންކް އިން ފޮނުވި ލަފާގައި ވަނީ މި އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވުމުގެ ފުރުސަތު ބޮޑު ކަމެވެ. މަރުކަޒީ ބޭންކް އިން އަންދާޒާ ގޮތުގައި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަންނަ އަހަރު އޭޕްރީލު މަހުގައި ތަންފީޒުކުރުމުން މި އަހަރު 0.8 އިންސައްތާގައި ހުރި އިންފުލޭޝަން އަންނަ އަހަރު 3.9 އިންސައްތައަށް މަތިވާނެ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އިންފުލޭޝަން އެއަށްވުރެ ބޮޑަށް މަތިނުވާނެ ކަމަށް ބަލާފައިވަނީ މާލީ އިސްލާހުތަކާއެކު ސަރުކާރުން ރައްޔިތުންނަށް ސީދާ ފޯރުކޮށްދޭ އެހީތެރިކަމާއި ދުނިޔޭގެ ބާޒާރުގައި މިހާރު މުދަލާއި ހިދުމަތުގެ އަގުތައް ހުރި ގޮތަށް ރިއާޔަތްކޮށެވެ.
ވޯލްޑު ބޭންކުން ލަފާކުރި ގޮތުގައި އަންނަ އަހަރު މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުން އިންފުލޭޝަން ރޭޓު ފަސް އިންސައްތައަށްވުރެ މަތިވާނެ އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކުން ދިން ލަފާގައި ފާހަގަކޮށްފައިވަނީ އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ތަންފީޒުކުރަން ނިންމާފައިވާ ކަންކަން ތަންފީޒުކުރަން ފެށުމުން އެވެރެޖު އިންފުލޭޝަން ރޭޓު 3.9 އިންސައްތައަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.