ލަންކާގައި އުޅޭ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ދެނީ

މިނިސްޓްރީން ބުނީ ވިސާއަށް އެދޭ މީހުންގެ އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސްރީލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް، އެއް އަހަރު ދުވަހަށް މެޑިކަލް ވިސާ އާއި ސްޕައުސް ވިސާ ދޫކުރަން ލަންކާ ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ދޭން ނިންމާފައިވާކަން ވަނީ އިއުލާނު ކޮށްފަ އެވެ.

މީގެ އިތުރުން ލަންކާގައި ބޭސްފަރުވާ ކުރާ ދިވެހިންނަށް އެއް އަހަރު ދުވަހާ ހަމައަށް ވިސާ ދޭން ނިންމާފައިވާ ކަން އެ ގައުމުން ވަނީ ހާމަކޮށްފަ އެވެ.

މިނިސްޓްރީން ބުނީ ވިސާއަށް އެދޭ މީހުންގެ އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ލަންކާގެ ރައީސް ރާއްޖެއަށް ކުރި ދަތުރުފުޅުގައި، ރާއްޖެއަށް އަންނަ ސްރީ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.