ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން ދަނީ އެރަށު ސީނިއާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

ގެއްލިގެން ހޯދަމުންދާ 15 އަހަރުގެ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް --

ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އެރަށު ސީނިއާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެވެ.

ފުލުހުން ބުނީ މައިސަރާ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ މައިސަރާ ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށާއި، އޭރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށެވެ.

"ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދެން،" ފުލުހުން ކުރި އިއުލާނުގައިވެ އެވެ.

ނޯޓް: މިކުރާ ވަނީ މިރޭ ނައިފަރު މަގުމަތިން ފުލުހުންނަށް ފެނިފަ އެވެ. ފެނުނުއިރު ކުއްޖާގެ ހާލު ރަގަޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.