އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 62 މެމްބަރުންގެ އިއްތިފާގުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު --

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނު ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ އިއްޔެ އެވެ.

ޣަނީގެ ނަން ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީން ކޮމިޓީން އިއްޔެއިން އިއްޔެއަށް ބައްދަލުވުމެއް ބާއްވައި، ފާސްކޮށްފައިވަނީ އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަނުކުރަން ފެންނަ ކަމަށެވެ.

އެއާ އެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ލަފާދިން ގޮތަށް، އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 62 މެމްބަރުންގެ އިއްތިފާގުންނެވެ. 

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން ހުސްވީ، އެމަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ.

އެ މަގާމު ހުސްވުމާއެކު މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ޣަނީގެ އިތުރުން ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) އާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ތިން ބޭފުޅުންނާ އިންޓަވިއުކޮށް، ޖޭއެސްސީން ރައީސަށް ލަފާއަރުވާފައިވަނީ، އެ މަގާމަށް ޣަނީ އައްޔަނުކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.