އެސްއޯއީ ކޮމިޓީން ވެސް ޝުޖާއު ވަކިކޮށްފި

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޝުޖާއު އިއްޔެ ވަކިކޮށްފައިވަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ޝުޖާއު މުގައްރިރުކަން ކުރައްވާ އެސްއޯއީ ކޮމިޓީން ވެސް އޭނާ ވަކިކޮށްފައިވާ ކަން އިއުލާނުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާައިރާގެ މެންބަރު އިބްރާހީމް ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ބެހޭ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށް، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ވެސް އޭނާ ވަކިކޮށްފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޝުޖާއު އިއްޔެ ވަކިކޮށްފައިވަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ޝުޖާއު މުގައްރިރުކަން ކުރައްވާ އެސްއޯއީ ކޮމިޓީން ވެސް އޭނާ ވަކިކޮށްފައިވާ ކަން އިއުލާނުކޮށްފަ އެވެ. 

ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު އެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އެ ރިޕޯޓުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައި ވެ އެވެ.

ފުލުހުން އިއްޔެ ވަނީ ޝުޖާއަށް ތުހުމަތު ކުރެވޭ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ލީކުކުރި ރިޕޯޓާ ގުޅޭ ގޮތުން ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވެފައި ވަނީ، އެ ރިޕޯޓަކީ ސައްހަ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއްވެސް ރަސްމީ އިދާރާއަކުން އެކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރިޕޯޓު ލީކުވެފައިވަނިކޮށް، ފައިނޭންޝަލް ފްރޯޑްތައް ދެނެގަންނަން މަރުކަޒީ ބޭންކުގައި އޮންނަ، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުން ވަކިކޮށްފަ އެވެ.

ނަމަވެސް، ދަ މިރާ އަށް އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާ ބެހޭ ގޮތުން އެންޓިކޮރަޕްޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް އިހުމާލުގެ ތުހުމަތު އިނގިލި ދިއްކުރި އޭރުގެ އެފްއައިޔޫ ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާ އަޝްރަފް އެތަނުން އިއްޔެ ބަދަލު ކުރަން ނޯޓިސް ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

އެހެންވެ، ބެލެވޭ ގޮތުގައި ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ބެހޭ ރިޕޯޓް ލީކުކޮށްލާފައިވަނީ މަގާމު ބަދަލު ކުރާނެކަން ޔަގީންވުމުންނެވެ. ކާކުކަން ނޭނގޭ ގޮތަށް ހިންގާ ސޯޝަލް މީޑިއާ ޗެނަލްތަކުން އެ ރިޕޯޓް ލީކުކޮށްލީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.