ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް

މެންދުރުފަހު 1:30 އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އެލާޓުގައި ލަފާކޮށްފައިވެ އެވެ.

މޫސުން ގޯސްވެ މީގެ ކުރިން މާލެއަށް އުދަ އަރަނީ -- ދަ މިރާ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިއަދު ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ. މެންދުރުފަހު 1:30 އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އެލާޓުގައި ލަފާކޮށްފައިވެ އެވެ.

އޭގެ އިތުރުން ގަދައަށް ވައިޖެހޭނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ އެލާޓުގައި، ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެހެންވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހާ ހަވާލާދީ އެމްއެންޑީއެފުން އިއްޔެ ބުނެފައި ވަނީ މާދަމާގެ ނިޔަލަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވެ، ކަނޑުދަތުރުތައް މަޑުޖައްސާލަން ވަނީ އިލްތިމާސްކޮށްފަ އެވެ. ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ކަނޑުމަގުން ނުކުރުމަށާއި އަދި ރޭގަނޑު ދަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.