ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން އިސްތިހާރު ކުރުމާ ބެހޭ ގަވައިދެއް

ގަވާއިދުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށ،ް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓާ މި ސިނާއަތުގެ ފައިދާ ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނޭ ގޮތް މަގު ފަހިކުރުވުމެވެ.

ރާއްޖޭގެ ރީތިރަށް ރިސޯޓް : ޓޫރިޒަމް ހިދުމަތްދޭ ތަންތަން އިސްތިހާރު ކުރުމާ ބެހޭ ގަވައިދެއް ވަނީ ނެރެފަ -- ރީތިރަށް ރިސޯޓް

އިސްތިހާރު ކުރުމަށް ޒަމާނާ އެއްގޮތަށް އައިސްފައިވާ ބަދަލުތަކަށް އަލި އަޅުވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމާބެހޭ ގަވާއިދު ނެރެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމާބެހޭ ގަވާއިދުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށ،ް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓާ މި ސިނާއަތުގެ ފައިދާ ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނޭ ގޮތް މަގު ފަހިކުރުވުމެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ދަމަހައްޓަންޖެހޭ މިންގަނޑުތައް ވަނީ ބަޔާންކޮށްފައިވާނެ އެވެ. ގަވައިދުގައިވާ ގޮތުން އިސްތިހާރު ކުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ހޯދަން ޖެހެ އެވެ. އެކަން ކުރަން ހާއްސަ ޕްލެޓްފޯމެއް ގާއިމްކުރާނެ އެވެ. 

މި ގަވައިދު ހިންގާނެ ތަންތަން

  •  ޓޫރިސްޓް ރިސްޓްތައް
  •  އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތައް
  •  ޕްރައިވެޓް އައިލެންޑް
  •  ޓޫރިސްޓް ހޮޓާ
  •  ޓޫރިސްޓް ގެސްޓްހައުސް
  •  ޓޫރިސްޓް އުޅަނދު
  •  ޔޮޓު ބަނދަރު
  •  ފީނުމުގެ ޚިދުމަތްދޭ ތަންތަން
  •  މީގެ އިތުރުން ހިމެނޭ އެހެން ވަސީލަތްތައް

މި ގަވައިދުގައިވާ ގޮތުން މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ތަންތަން އިޝްތިހާރުކުރަންވާނ،ީ އެ ތަންތަން ކުއްޔަށް ދިނުމަށް މިނިސްޓްރީއާއި ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ދަރަޖައާ ނުވަތަ ގިންތިއާ
އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރަމުން އަންނަ ތަންތަން އިޝްތިހާރުކުރަންވާނީ މިނިސްޓްރީން ގަބޫލުކުރާ ދަރަޖައާ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އިޝްތިހާރުކުރުމުގައި އެ ތަނެއްގެ ދަރަޖަ ނުވަތަ ގިންތި ރަނގަޅަށް ދޭހަވާ ގޮތަށް މަޢުލޫމާތު ހާމަ ކުރަން ޖެހެ އެވެ. 

އޭއައި އިސްތިހާރުތައް ސާފުވާން ޖެހޭ

ޓޫރިޒަމްގެ މި ގަވައިދުގައި ޒަމާނަށް އަންނަ ބަދަލާއެކު މި ދާއިރާއަށް އައިސްފައިވާ ބަދަލުތަކަށް ވެސް ރިއާތަތްކޮށްފައިވެ އެވެ. މިގޮތުން ޑިޖިޓަލް އިޝްތިހާރުކުރުމުގެ ންގަނޑުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެންމެ ހާއްސަ އެއް ކަމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މެޝިން ލާރނިންގ ބޭނުންކޮށްގެން އުފައްދައިފައިވާ ކޮންޓެންޓް ބޭނުންކުރާ ނަމަ އެކަން ސާފުކޮށް ހާމަ ކުރަން ލާޒިމްކޮށްފައިވުމެވެ. 

މި ގަވައިދުގައި އެންމެ މުހިއްމު ބޭނުމަކީ ޓޫރިޒަމް ސިނާއަތުގެ ފެންވަރު ދަމަހައްޓާ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަސައްވުރާއި އެއްގޮތަށް އެ ފަރާތްތަކަށް ހިދުމަތް ލިބޭނޭކަން ޔަގީންކުރުމެވެ. އަދ އިސްތިހާރުކުރުމުގައި ސައްހަ މައުލޫމާތު ބޭނުންކޮށް އިޖުތިމާއި ދީނީ އަދި ސަގާފީ މިންގަނޑުތަކާއި އަދި އެހެނިހެން ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް އިސްތިހާރުތައް ބައްޓަންކުރާކަން ކަށަވަރުކުރުމެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ގަވާއިދުގެ ސަބަބުން ބައިނަލްއަގު ވާމީ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް ލިބިފައިވާ މަގުބޫލުކަމާއި އިތުބާރު ދެމެހެއްޓުމަށް ބާރަށްވާނެ އެވެ. 

މި ގަވައިދާ ހިލާފުވެއްޖެނަމަ އިސްތިހާރުތައް ނަގަން އެންގުމާއި ޖޫރިމަނާ ކުރުމުގެ ބާރު މި ގަވައިދުން ޓޫރިޒަމް މިނިސްޓްރީއަށް ލިބިދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.