އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

އެހެންކަމުން، މަޖިލީހުގެ މާދަމާގެ ޖަލްސާގައި ކޮމިޓީ ނިންމުމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. 

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނު ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިއަދު އެވެ.

އަދި ޣަނީގެ ނަން ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް މަޖިލީހުގެ ރިޔާސަތުން ފޮނުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އެ މައްސަލަ ފޮނުވުމުން އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކުރީ އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރަން ފެންނަ ކަމަށެވެ. އެހެންކަމުން، މަޖިލީހުގެ މާދަމާގެ ޖަލްސާގައި ކޮމިޓީ ނިންމުމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. 

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން ހުސްވީ، އެމަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ.

އެ މަގާމު ހުސްވުމާއެކު މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ޣަނީގެ އިތުރުން ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) އާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ތިން ބޭފުޅުންނާ އިންޓަވިއުކޮށް، ޖޭއެސްސީން ރައީސަށް ލަފާއަރުވާފައިވަނީ، އެ މަގާމަށް ޣަނީ އައްޔަނުކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.