މެމްބަރުން މަސައްކަތް ނުކުރާކަމުގެ ފާޑުކިޔުންތައް މަޖިލީހުގެ ރައީސް ދިފާއު ކުރައްވައިފި

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެމްބަރުންގެ މަސައްކަތަކީ ބިލާއި ގަރާރު ހުށަހެޅުން ނޫންކަމަށާއި، މެމްބަރުން މަޖިލީހުގައި ކުރާ ގިނަ މަސައްކަތްތައް ކުރަނީ ކޮމިޓީތަކުގަ އެވެ.

ރައްޔޮތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރައާ އެއްވަރަށް މަސައްކަތް ނުކުރާކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ދިފާއުގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވާހަކަ ދައްކަވައިފި އެވެ. 

މަޖިލީހުގެ މިއަދުގެ ފުރަތަމަ ދަންފަޅި ނިންމައި، ހުސް ވަގުތުކޮޅަށް ދިޔުމުގެ ކުރިން، އަބްދުއްރަހީމް ވަނީ، މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނު ހެދުމުގެ ނިޒާމު އޮތްގޮތުން، މަޖިލީހަށް ހުށަހަޅާ ގިނަ ބިލްތަކަކީ ސަރުކާރުން ހުށަހަޅާ ބިލްތަކަށްވާއިރު، މަޖިލީހުގައި ހިމެނޭ ހުރިހާ މެންބަރުންނަށް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ބިލެއް ހުށަނޭޅި އޮތުމަކީ އެކަމާ ގުޅިގެން ފާޑުކިޔަންޖެހޭ ސަބަބެއް ނޫން ކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.

""މިހާރު ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ގިނަ ބިލްތަކަކީ ސަރުކާރުން ހުށަހަޅާ ބިލްތައް. މަޖިލީހަށް މިއުޅެނީ އެއް އަހަރާއި ދުވަސްކޮޅެއް މިވީ. ވީއިރު ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންނަށް ހުށަނޭޅި ހުރި ހުރުމަކީ އެ މެންބަރުން މަޖިލީހުގައި މަސައްކަތް ނުކުރައްވާ ކަމަށް އާންމު ރައްޔިތުންގެ ތެރޭގައި ވާހަކަ ދެކެވެންޖެހޭ ސަބަބެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެމްބަރުންގެ މަސައްކަތަކީ ބިލާއި ގަރާރު ހުށަހެޅުން ނޫންކަމަށާއި، މެމްބަރުން މަޖިލީހުގައި ކުރާ ގިނަ މަސައްކަތްތައް ކުރަނީ ކޮމިޓީތަކުގަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ހަމައެކަނި ބިލު ހުށަހެޅުއްވުމެއް ނޫން. އަދި ގަރާރު ހުށަހެޅުއްވުމެއް ވެސް ނޫން. މަޖިލީހުގެ މައިގަނޑު މަސައްކަތްތައް މިކުރަނީ މަޖިލީހުގެ ކޮމިޓީތަކުގައި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މެންބަރުން މަޖިލީހުގައި މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތްތަކަށް ރިއާޔަތް ނުކޮށް މާކްސް ދީގެން ފޮޓޯތައް ހަދައި ދައުރުކުރަނީ މެންބަރުންގެ އަގުވައްޓާލަން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.