މުޅި އަހަރަށް ބަލާއިރު ޓޫރިޒަމަށް 9.5 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ޗައިނާއިން މިހާތަނަށް 192,370 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 11.5 އިތުރުވުމާއެކު މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަން ފަހަނަ އަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 186,738 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ މަހު އައި 167,528 އަޅާބަލާއިރު 11.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޔުރިު 2023 ވަނަ އަހަރުގެ ޖުލައި މަހު އައި 145,620 ޓޫރިސްޓުންނާ އަޅާބަލާނަމަވެސް އިތުރުވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ މަހުގެ މި މުއްދަތުގައި އައި 1.1 މިލިއަން ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 9.5 ޕަސެންޓުގެ އިތުރުވުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 6,115 ޓޫރިސްޓުންނެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރީސްޓުންގެ 73.1 ޕަސެންޓް މީހުން ދިޔައީ ރިސޯޓްތަކަށެވެ. ރިސޯޓްތަކުގައި 957,154 ޓޫރިސްޓުން މަޑުކޮށްފައިވެ އެވެ. އަދި ހޮޓާތަކުގައި 34,958 ޓޫރިސްޓުން ތިބިއިރު ގެސްޓްހައުސްތަކުގައި 288,210 ޓޫރިސްޓުން މަޑުކޮށްފައިވާ ކަމަށް ދައްކަ އެވެ. އަދި ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 27,351 މީހުންނެވެ.
ސަރުކާރުން އަންދާޒާކޮށްފައިވަނީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށް އާމްދަނީވެސް އިތުރުވި އެވެ.