ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާތަނަށް ދެމުން އަންނަނީ މަހަކު 2،000ރ. އެވެ. މި އިނާޔަތް ދެ ގުނައަށް ބޮޑު ކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުޅެކެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށްދޭ އެލަވަންސް ދެ ގުނަ ބޮޑުކޮށް، މި މަހުން ފެށިގެން ޖަމާކޮށްދޭން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާތަނަށް ދެމުން އަންނަނީ މަހަކު 2،000ރ. އެވެ. މި އިނާޔަތް ދެ ގުނައަށް ބޮޑު ކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުޅެކެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ބުނި ގޮތުގައި، ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވަނީ ބޮޑުކޮށްފަ އެވެ. އަދި މިއަދު އެ އެލަވަންސް ހާފިޒުންނަށް ޖަމާކޮށްފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
"ސަރުކާރުން ދެމުން ދިޔަ 2،000ރ. އެލަވަންސްވަނީ 4،000ރ.އަށް ބަދަލުކޮށްފައި. މިއަދު ވަނީ ހާފިޒުންނަށް އެލަވަންސް ބޮޑުވެ ޖަމާކޮށްފައި،" މިނިސްޓްރީން ބުންޏެވެ.
ޒުވާނުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖައްސައި، ހާފިޒުން އިތުރުކުރުމަށް ސަރުކަރުން ދަނީ ތަމްރީނު ޕްރޮގްރަމުތަކާއި އެކިއެކި ހަރަކާތްތައް އަތޮލު ތެރޭގައި ވެސް ހިންގަމުންނެވެ.