ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ބާރު، ކަނޑު ވެސް ގަދަވާނެ

މެޓް އޮފީހުގެ އޮފިޝަލަކު "މިރާ"އަށް ވިދާޅުވީ، މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މޫސުން ގޯސްވެ ކަނޑު ގަދަ ވެފައި: -- ފޮޓޯ: ދަ މިރާ

ކުރިއަށް ހަތަރު ދުވަހު، ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާ، މެޓުން ބުނެފި އެވެ. 

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ހާއްސަކޮށް އުތުރުގެ ރަށްތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. 

މެޓް އޮފީހުގެ އޮފިޝަލަކު "މިރާ"އަށް ވިދާޅުވީ، މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. 

އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްރަށަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

އެއާ އެކު، މިއަދުގެ މެންދުރާ ހަމައަށް، ހއ. އިން ވ. އަތޮޅަށް މެޓުން ވަނީ ހުދު ސަމާލު ނެރެފަ އެވެ. 

ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.