ފުލުހުން ބުނީ އެތަންތަން ބަލައި ފާސްކުރިއިރު، ތިންފުޅީ ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމެވެ.
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަތް މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވެ އެވެ.
ފުލުހުން ބުނީ އެތަންތަން ބަލައި ފާސްކުރިއިރު، ތިންފުޅީ ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އަމުރުކޮށްފައި ވަނީ އޭގެ ތެރެއިން ތިން މީހަކު ބަންދުގައި ބޭތިއްބުމަށެވެ. އެހެންވެ، ދެން ތިބި ހަތް މީހުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފަ އެވެ.
ބަންދު ކުރި ތިން މީހުންގެ ތެރެއިން، ހދ. ނޭކުރެންދޫ، ފްލާވާހައުސް، އައިޝަތު ފައިހާ ތޯހާ (19އ) އާއި ނ. މަގޫދޫ، ސާމިޔާނާ، އަކްރަމް މުހައްމަދު (28އ) ބަންދު ކޮށްފައި ވަނީ ފަސް ދުވަހަށެވެ. އަދި، ސ. ހުޅުދޫ، ރޯޝަނީމާގެ، އަހުމަދު ތައިސީރު (27އ) ބަންދު ކުރަން އަމުރުކޮށްފައި ވަނީ ހަތް ދުވަހަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.