ތަނަވަސް މީހުން ޓެކްސް ދެއްކި މިންވަރު 26.6 ޕަސެންޓް އިތުރުވެއްޖެ

އިންކަމް ޓެކުހުގެ ގިނަ ބައިތަކުން ޓެކްސް އިތުރުވި ނަމަވެސް، ކުންފުނިތަކުން އިންކަމް ޓެކްސް ދެއްކި މިންވަރު ވަނީ ދަށްވެފަ އެވެ. އަދި އިންކަމް ޓެކުހުގެ ގޮތުގައި ޖުމްލަކޮށް ލިބުނު މިންވަރު ވެސް ވަނީ 1.3 ޕަސެންޓް ދަށްވެފަ އެވެ.

ރާއްޖޭގެ ރިސޯޓް އޯނަރުންގެ ޖަމިއްޔާ މަޓީގެ ބައްދަލުވުމެއް : އަތްމަތި ތަނަވަސް މީހުން ޓެކްސް ދެއްކި މިންވަރު ވަނީ އިތުރުވެފަ -- މަޓީ

ރާއްޖޭގައި ތިބި އެންމެ ތަނަވަސް މީހުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިންކަމް ޓެކްސް  ދެއްކި މިންވަރު 26.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންކަމް ޓެކްސް ދައްކާ މިންވަރަށް އާމްދަނީ ހުރި މީހުން އިންޑިވިޖުއަލް އިންކަމް ޓެކުހުގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 122.42 މިލިއަން ރުފިޔާ ވަނީ މި ޓެކްސްގެ ގޮތުގައި ދައްކާފަ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާކިޔާނަމަ މިއީ 26.6 ޕަސެންޓްގެ އިތުރު މިންވަރެކެވެ. އަދި މިއީ ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ 31.9 ޕަސެންޓްގެ އިތުރު މިންވަރެކެވެ. 

އިންކަމް ޓެކްސް - އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ އޭޕްރީލް 1، 2020 އިން ފެށިގެން ނަގާނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އެކުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަނާއި ރޮޔަލްޓީންނެވެ. 

މި ޓެކްސް ދައްކަން ޖެހެނީ އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެން 60،000ރ. ލިބޭ މީހުންގެ އަތުންނެވެ. މިގޮތުން މަހެއްގެ މައްޗަށް 60،000ރ. އަށްވުރެ ބޮޑު، 100،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށްވުރެ ބޮޑު، 150،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި އަށް ޕަސެންޓް ނަގާނެ އެވެ. އަދި 150،000ރ. އަށްވުރެ ބޮޑު، 200،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި 12 ޕަސެންޓް ނެގުމަށް ގާނޫނުގައި ހިމަނާފައި ވެ އެވެ. އަދި 200،000ރ. އަށްވުރެ މަތިން އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15 ޕަސެންޓް ނެގުމަށް ނިންމާފައި ވެ އެވެ.

ކުންފުނިތުގެ އިންކަމް ޓެކްސް ދަށް

އިންކަމް ޓެކްސްގައި ހިމެނޭ އެޕްލޯއީ ވިލްހޯލްޑިން ޓެކްސްގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ޖުމްލަ 84.93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިބައިންވެސް ވަނީ 28 ޕަސެންޓްގެ އިތުރުވުމެއް ލިބިފަ އެވެ. އަދި ޕާސަނަލް އިންކަމް ޓެކުހުގެ ގޮތުގައި 37.49 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 23.4 ޕަސެންޓްގެ އިތުރުވުމެކެވެ. ބައިން ޓެކްސް ވަނީ 85.6 ޕަސެންޓަށް އިތުރުވެފަ އެވެ. 

އަދި، ރާއްޖޭގައި ދިރިއުޅޭނީ ބޭރުގެ ފަރާތްތަކުން ނަގާ ނޮން ރެޒިޑެންޓަލް އިންކަމް ޓެކުހުގެ ގޮތުގައި 305.37 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ބައިންވެސް ޓެކްސް ވަނީ 11.6 ޕަސެންޓް އިތުރުވުމެފަ އެވެ. މީގެ އިތުރުން ބޭންކްތަކުން ދައްކާ އިންކަމް ޓެކުހުގެ ގޮތުގައި 134.26 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ބައިގެ އިންކަމް ޓެކްސް 70.8 ޕަސެންޓް އިތުރުވެފައިވެ އެވެ. 

އިންކަމް ޓެކުހުގެ ގިނަ ބައިތަކުން ޓެކްސް އިތުރުވެފައިވީނަމަވެސް ކުންފުނިތަކުން އިންކަމް ޓެކްސް ނެރުނު މިންވަރު ވަނީ ދަށްވެފަ އެވެ. ކުންފުނިތަކުން ދެވަނަ ކުއާޓަރުގައި ޖުމްލަ 381.50 މިލިއަން ރުފިޔާ ވަނީ އިންކަމް ޓެކުހުގެ ގޮތުގައި ދައްކާފަ އެވެ. މިއީ 24.8 ޕަސެންޓްގެ ދަށްވުމެކެވެ.

އިންކަމް ޓެކުހުގެ ގިނަ ބައިތަކުން ޓެކްސް އިތުރުވި ނަމަވެސް، އިންކަމް ޓެކްސް ޖުމްލަކޮށް ލިބުނު މިންވަރު ވަނީ 1.3 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ. ދެވަނަ ކުއާޓަރުގައި އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ  972.89 މިލިއަން ރުފިޔާ އެވެ، 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.