ކުންފުނިތަކާ ގުޅޭގޮތުން އެފްއައިޔޫގެ ރިޕޯޓު ސައްހަކަމެއް ޝުޖާއުއަކަށް ނޭނގެ!

އެ ރިޕޯޓަކީ ސައްހަ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައިނުގަންނަވަނީ، އެއްވެސް ރަސްމީ އިދާރާއަކުން އެކަމުގެ މައުލޫމާތެއް ރަސްމީކޮށް ލިބިފައި ނުވާތީ އެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު: --

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މާލީ މުއާމަލާތްތަކާ ގުޅުވައި، ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ރިޕޯޓަކީ ސައްހަ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ރިޕޯޓުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައި ވެ އެވެ.

އެކަމާ ގުޅުވައި ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ރިޕޯޓަކީ ސައްހަ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައިނުގަންނަވަނީ، އެއްވެސް ރަސްމީ އިދާރާއަކުން އެކަމުގެ މައުލޫމާތެއް ރަސްމީކޮށް ލިބިފައި ނުވާތީ އެވެ. 

"އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރި ގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމުގައި ދެކެމެވެ،" އޭނާ ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވި ގޮތުގައި، އޭނާގެ ކުންފުނިތަކަކީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުނިތަކެއް ކަމަށާއި، ފާއިތުވި ތިން ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފަ އެވެ.

"އަދި މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވީމަ ކަމީ ފެންނަންއޮތް ހަގީގަތެކެވެ. އެކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެ އެވެ،" އޭނާ ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން، ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމަކީ އުންމީދެއް ކަމަށެވެ. 

"އަަޅުގަނޑާއި އަޅުގަނޑު ހިއްސާ  އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އަދި ދުވަހަކުވެސް އެއްވެސް އިދާރާއަކުން އެއްވެސްކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ. އަދި އިންޝާالله ބަލަންޖެހޭ މައްސަލައެއް ނުވެސް އޮންނާނެ އެވެ. އަދި އެއްވެސް މައްސަލައެއް ބަލަން އޮތްނަމަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަންވާނެ އެވެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.