އެމްޕީއެލް މުވައްޒަފުން ހޭލާ ތިބެގެން ޕެރިޝަބަލް ބޯޓުތައް ހުސްކޮށްފި

އެމްޕީއެލް އިން ވަނީ ތިން ބޯޓަކުން ވަނީ މުދާ ބާލައި ހުސްކޮށްފަ އެވެ. އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނެ އެވެ.

އެމްޕީއެލް މުވައްޒަފުން މުދާ ބާލައި ވިޔަފާރި ބަނދަރުގައި ހުރި ގުދަނަކަށް ޖަމާ ކުރަނީ -- އެމްޕީއެލް

ބާޒާރުން މަދުވެފައިވާ ފިޔާ، އަލުވި އަދި ބިހުގެ ބޯޓުތައް ހުސްކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުވައްޒަފުން ރޭ ހޭލާ ތިބެގެން ޕެރިޝަބަލް ހުރީ ބޯޓުތަކެއް ހުސްކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންސްއިން އިއްޔެ އާއި ރޭ ކުރި މަސައްކަތުން ތިން ބޯޓަކުން ވަނީ މުދާ ބާލައި ހުސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނެ އެވެ. 

އެ ކުންފުނިން ބުނީ މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދު ކުރިއަށް ގެންދާނެ އެވެ. އަދި މި ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައި 3840 ބަސްތާ ފިޔާ ހިމެނެ އެވެ. 

އެމްޕީއެލް މުވައްޒަފުން މުދާ ބާލައި ވިޔަފާރި ބަނދަރުގައި ހުރި ގުދަނަކަށް ޖަމާ ކުރަނީ -- އެމްޕީއެލް

ބާޒާރުގައި ޕެރިސަބަލް މުދާ މަދުވެފައިވަނީ މި ތަކެތި ގެނައުމަށް ހުރަސް އެޅުމުގެ ސަބަބުންނެވެ. މިކަން ދިމާމީ މޫސުން ގޯސްވެގެންނެވެ. އަދި ރާއްޖެ އައި ބޯޓު ފަހަރުން މުދާ ބާލަންވެސް ހުރަސް އެޅިފައިވެ އެވެ. 

ކޮމެންޓް

1
450
ސީ އީ އޯ
1 month ago

ކޮން އިރެއްގަ ނިދާފަ ތިބެ ބޯޓް ހުސްކުރީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.