މިނިސްޓްރީގެ އޮފިޝަލަކު މިއަދު ބުނީ ޓެކްނިކަލް ޓީމުން ރޭ ދަންވަރު ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިއަދު މިނިސްޓްރީގެ ހިދުމަތްތައް އަލުން ފަށާފައިވާ ކަމަށެވެ.
ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ހިންގާ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް އަލުން ދޭން ފަށައިފި އެވެ.
އިއްޔެ ހެނދުނު މިނިސްޓްރީ ހިންގާ އިމާރާތުގެ ސާވާއަށް މައްސަލައެއް ދިމާވެ، ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން ވަނީ މެދުކެނޑިފަ އެވެ. ސާވާއަށް މައްސަލަ ދިމާވީ އޭސީތައް އޯވާހީޓު ވެގެން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީގެ އޮފިޝަލަކު މިއަދު ބުނީ ޓެކްނިކަލް ޓީމުން ރޭ ދަންވަރު ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިއަދު މިނިސްޓްރީގެ ހިދުމަތްތައް އަލުން ފަށާފައިވާ ކަމަށެވެ.
އެތަނަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ހަޔާ އެޑިއުކޭޝަނާއި ޖެންޑާ މިނިސްޓްރީ ވެސް ހިންގާ އިމާރާތެވެ. ހުރިހާ މިނިސްޓްރީތަކުގެ މަސައްކަތަށް އޭގެ ސަބަބުން ބުރޫ އަރާފައިވެ އެވެ.