މިއަދުވެސް ބޮޑު ބަޔަކަށް މޫސުން ގޯސް، ވައިބާރުވެ ކަނޑު ގަދަ

މިއަދު މެންދުރުފަހު އެކެއް ޖެހުމާ ހަމައަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ވިއްސާރަ ދުވަހެއް: މިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސް --

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނދު މޫސުމުގެ ވިއްސާރައިގައި، މިއަދު ވެސް ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މިއަދު މެންދުރުފަހު އެކެއް ޖެހުމާ ހަމައަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހާ ހަވާލާދީ އެމްއެންޑީއެފުން އިއްޔެ ބުނެފައި ވަނީ މިއަދާއި މާދަމާ ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ހުޅަނދު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް، މެޓުން ލަފާކޮށްފައިވާ ކަމަށް ބުންޏެވެ.

"ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރަން،" އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.