ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 168,112 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 150,405 ޓޫރިސްޓުންނާ އަޅާބަލާއިރު 11.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމަށް % 11.8 ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 168,112 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 150,405 ޓޫރިސްޓުންނާ އަޅާބަލާއިރު 11.8 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި 2023 ވަނަ އަހަރު އައިސްފައިވަނީ 130,660 ޓޫރިސްޓުންނެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޗައިނާއިން ޖުމްލަ 184,661 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެ ގައުމުން މިހާރު ރާއްޖޭގެ ޓޫރިޒަމްގެ 14.5 ޕަސެންޓް ހިއްސާއެއް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ރަޝިއާއިން މިހާތަނަށް 150,607 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޔޫކޭ ޓޫރިސްޓުންގެ އަދަދު 119,958 ގަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރު 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.