މާވަށުގައި ޒުވާނަކު މަރާލުން؛ ހަމަލާ ދިން މީހާ ޝަރީއަތް ނިމެންދެން ބަންދު

މުހައްމަދު އިބްރާހިމްގެ ކަރަށް ވަޅި ޖަހާފައި ވަނީ އެ ދެ މީހުންގެ މެދުގައި އިއްޔެ ހެނދުނު ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.

މާވަށު ޒުވާނާއަށް ހަމަލާދީ މަރާލި ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް --

ލ. މާވަށުގައި އިއްޔެ ޒުވާނެއްގެ ކަރަށް ވަޅި ޖެހި މައްސަލައިގެ ތަހުމަތުގައި ހައްޔަރު ކުރި ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29، ޝަރީއަތް ނިމެންދެން ބަންދު ކުރަން އެރަށު ކޯޓުން އަމުރުކޮށްފި އެވެ.

ކަރަށް ވަޅި ޖަހައި މަރާލާފައި ވަނީ މާވަށު ޒުވާނެއް ކަމަށްވާ ނަލަހިޔާ، މޫސާ އިބްރާހިމް 29، އެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މޫސާގެ ކަރަށް ވަޅި ޖަހާފައި ވަނީ އެ ދެ މީހުންގެ މެދުގައި އިއްޔެ ހެނދުނު ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.

ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފަ އެވެ.

މޫސާގެ ކަރަށް ހެރި ވަޅި ވެސް ފުލުހުން އިއްޔެ ވަނީ މޫދު އަޑިން ހޯދައިފަ އެވެ. މި މައްސަލައިގެ ތަހުގީގަށް އިތުރު ތަހުލީލުތައް ކުރަން އޭނާގެ ހަށިގަނޑު ރޭ ވަނީ މާލެ ގެނެސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.