މާރާމާރީއެއްގެ ތެރެއިން މޫސާ އިބްރާހިމް މަރާލާފައި ވަނީ ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް 29، އެވެ. މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މުހައްމަދު އިއްޔެ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
ލ. މާވަށުގައި ކަރަށް ވަޅި ޖަހައި އިއްޔެ މަރާލި އެރަށު ނަލަހިޔާ، މޫސާ އިބްރާހިމް 29، ގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.
މާރާމާރީއެއްގެ ތެރެއިން މޫސާ އިބްރާހިމް މަރާލާފައި ވަނީ ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް 29، އެވެ. މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މުހައްމަދު އިއްޔެ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް މޫސާ އިބްރާހިމްގެ ހަށިގަނޑު ރޭ މާލެ ގެނެސްފައިވާ ކަމަށެވެ. ހަށިގަނޑުގެ އޮޓޮޕްސީ ހަދާނެ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
މޫސާ އިބްރާހިމްގެ ކަރަށް ހެރި ވަޅި ފުލުހުން އިއްޔެ ވަނީ މޫދު އަޑިން ހޯދައިފަ އެވެ. ހަމަލާގެ ސަބަބުން މާވަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފަ އެވެ.