ސާވާއަށް މައްސަލައެއް ދިމާވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިފައި

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ސާވާއަށް މައްސަލަ ދިމާވީ އޭސީތައް އޯވާހީޓު ވެގެން ކަމަށެވެ. އެކަމުގެ ސަބަބުން ދިމާވެދާނެ ދައްޗަކަށް ވެސް މިނިސްޓްރީން ވަނީ މައާފަށް އެދިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އޮފީސް ބިލްޑިންގް ---

ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ހިންގާ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދޭ. މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ސާވާއަށް މައްސަލަ ދިމާވީ އޭސީތައް އޯވާހީޓު ވެގެން ކަމަށެވެ. އެކަމުގެ ސަބަބުން ދިމާވެދާނެ ދައްޗަކަށް ވެސް މިނިސްޓްރީން ވަނީ މައާފަށް އެދިފަ އެވެ.

އެތަނަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ހަޔާ އެޑިއުކޭޝަނާއި ޖެންޑާ މިނިސްޓްރީ ވެސް ހިންގާ އިމާރާތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.