"ގދ. ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް، ރާއްޖެ ގަނޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑް ކުރެވިފައި،" މެޓް އޮފީހުން ބުންޏެވެ.
އިންޑިއާގެ ނިކޯބާ އައިލެންޑްސްއަށް ރޭ އައި ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ލޮޅުމެއް އައިސްފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ރޭ ރާއްޖެ ގަޑިން 11:41 ހާއިރު ނިކޯބާ އައިލެންޑްސްއަށް އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 6.2 ބާރުމިނުގެ ބިން ހެލުމެކެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެ އެވެ.
ނަމަވެސް މެޓް އޮފީހުން ބުނީ ބިންހެލުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
"ގދ. ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް، ރާއްޖެ ގަނޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑް ކުރެވިފައި،" މެޓް އޮފީހުން ބުންޏެވެ.
މެޓުން ބުނީ އޭގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.