ލަންކާގައި އިންވެސްޓްކުރަން ދިވެހި ވިޔަފާރިތަކަށް ލަންކާގެ ރައީސްގެ ދައުވަތެއް

ރާއްޖޭގައި ހުންނަ ލަންކާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ދިވެހި ވިޔަފާރިތަކަށް ބާއްވާ ބިޒްނަސް ފޯރަމެއްގައި ޑިސަނަޔަކެ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑިސަނަޔަކެ އިއްޔެ ބަޔާން ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެކި ދާއިރާތަކުން ސްރީ ލަންކާގައި އިންވެސްޓުކުރުމަށް، ދިވެހި ވިޔަފާރިތަކަށް ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ ދައުވަތު ދެއްވައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ޑިސަނަޔަކެ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ގުޅިގެން އިއްޔެ ދެއްވި ބަޔާނުގައި، ޑިސަނަޔަކެ ވިދާޅުވީ އިންވެސްޓަރުންނަށް ފަހި މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް، ސިންގަލް ވިންޑޯ ނިޒާމެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. 

މިގޮތުން، ލަންކާގައި ގާއިމުކޮށްފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ޕާކުތަކުގައި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާބެހޭ ގޮތުން ރައީސް މުއިއްޒުއާ އެކު މަޝްވަރާ ކުރެއްވި ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.

"ހާއްސަކޮށް އައިޓީ/އޭއައި، ފިޝަރީޒް އެންޑް އެގްރޯ ޕްރޮސެސިން، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު ދިނީމެވެ،" އޭނާ ވިދާޅުވި އެވެ.

ދެ ރައީސުން ގުޅިގެން ދެއްވި ބަޔާނަށްފަހު ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން، ޓޫރިޒަމަކީ ދެ ގައުމުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށްވާއިރު، އެކަމުގައި ދެ ގައުމުގެ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން ވެސް ރައީސް މުއިއްޒާ އެކު މަޝްވަރާކުރެވުނު ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ. 

ޑިސަނަޔަކެ ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، ރާއްޖޭގައި ހުންނަ ލަންކާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ދިވެހި ވިޔަފާރިތަކަށް ބާއްވާ ބިޒްނަސް ފޯރަމެއްގައި ޑިސަނަޔަކެ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ފޯރަމްގައި ލަންކާގައި ހުރި އިންވެސްޓުމަންޓު ފުރުސަތުތަކާބެހޭ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ. 

މި ވަގުތު ލަންކާގައި އިންވެސްޓްކޮށްގެން ތިބީ ދިވެހި މަދު ވިޔަފާރިތަކެވެ. މިގޮތުން އެއް ބްރޭންޑަކީ ސަން ސިޔާމް އެވެ. މި ބްރޭންޑުގެ ރިސޯޓެއް ލަންކާގައި ހިންގަމުންދެ އެވެ. ނަމަވެސް ލަންކާގެ ގިނަ ވިޔަފާރިތަކެއް ރާއްޖޭގައި ހަރަކާތްތެރިވެ އެވެ. މިގޮތުން ބައެއް ވިޔަފާރިތަކުގެ ސަބަބުން ދިވެހިންނަށް ހުރަސްތަކާވެސް ކުރިމަތިވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.