ރަންރޭރު ތަކާފުލް ނަންގަވާ ފަރާތަށް ގިނަ ބެނެފިޓްތަކެއް ލިބޭނެއެވެ. މިގޮތުން ޕްލޭނުގައި ހަތަރު އޮޕްޝަނެއް ހިޔާރު ކުރެވިދާނެ އެވެ.
ޢާއިލާގެ ރައްކާތެރިކަމަށް ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވެއެވެ. ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ހުވަފެނެކެވެ. އެހެންކަމުން ބައެއް ބެލެނިވެރިން ކޮންމެ މަހަކުވެސް ފައިސާގެ ކޮންމެވެސް މިންވަރެއް ފޮރުވައެވެ. މިހާރު ރާއްޖެއަށް ބަލާއިރު މިގޮތަށް ދަރިންގެ މުސްތަގުބަލުގެ ރައްކާތެރިކަމަށް ޓަކައި ރައްކާކުރެވޭނެ ޝަރީޢާ ހުއްދަ ކުރާ ވަސީލަތްތައް އެބަހުއްޓެވެ. މީގެ އެއް ވަސީލަތަކީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑުގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްއިން ދޫކުރާ ރަންރޭރު ތަކާފުލް އެވެ.
ރަންރޭރު ތަކާފުލް ނަންގަވާ ފަރާތަށް ގިނަ ބެނެފިޓްތަކެއް ލިބޭނެއެވެ. މިގޮތުން ޕްލޭނުގައި ހަތަރު އޮޕްޝަނެއް ހިޔާރު ކުރެވިދާނެ އެވެ. މި ތަކާފުލް ކަވަރު 12 އަހަރާއި 15 އަހަރު އަދި 20 އަހަރާއި 25 އަހަރަށްވެސް ނެގުމުގެ ފުރުސަތު އޮވެ އެވެ. އަދި އުމުރުން 15 އަހަރާއި 52 އަހަރާ ދެމެދުގެ މީހުންނަށް މި ޕްލޭން ނެގޭނެ އެވެ.
ރަންރޭރު ފަރުމާކޮށްފައިވަނީ ޕްލޭން ނަގައިގެން ފައިސާ ދައްކަމުން ދަނިކޮށް ދާއިމީ ނުކުޅެދުންތެރިކަމުގެ ހާލަތެއް މެދުވެރިވުން ނުވަތަ ފުރާނައަށް ގެއްލުންވުން ފަދަކަމެއް ދިމާވެއްޖެނަމަ މިކަވަރުގެ އަދަދު ޕްލޭން ނެގި ފަރާތައް ލިބޭ ގޮތަށެވެ. މިގޮތުން ރަންރޭރުގައި ހިމެނޭ އިމަޖެންސީ ފަންޑުގެ ބައިގެ ސަބަބުން ޕޭއައުޓް ކުރުމުގެ ފުރުސަތު އެ މީހަކަށް ލިބިގެންދެ އެވެ. އަދި ފުރާނަ ދިއުން ފަދަކަމެއް ދިމާވެއްޖެނަމަ ރަންރޭރު ކަވަރުގައި ހިމެނޭ އަދަދުގެ އިތުރުން އިންވެސްޓްމަންޓު ފަންޑުގެ ފައިދާ ވެސް ހިމެނޭހެން ލިބިގެންދާނެ އެވެ. މިއީ ރަންރޭރު ތަކާފުލްގެ އެންމެ ހާއްސަ މުހިންމު އެއް ސިފައެވެ.
ރަންރޭރު ތަކާފުލް ފަރުމާކޮށްފައިވާ ގޮތުން ދިގު މުއްދަތަކަށް ނަންގަވާނަމަ މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަވެ އެވެ. މިސާލަކަށް 15 އަހަރުގެ 100،000 ރުފިޔާގެ ކަވަރެއް ނަގާނަމަ ގާތްގަނޑަކަށް މަހަކު ދައްކަން ޖެހޭނީ އެންމެ ގިނަވެގެން 600 ރުފިޔާ އެވެ. އެހެންކަމުން މިއީ އާއިލާގެ ރައްކާތެރިކަމަށް ޓަކައި މިހާރުން މިހާރަށް މުހިންމުކަން ބޮޑު ކަވަރެކެވެ. ހާއްސަކޮށް ރަންރޭރު ތަކާފުލްއަކީ އިސްލާމީ ޝަރީޢާ ހުއްދަކުރާ ތަކާފުލް ޕެކޭޖަކަށްވުމަކީ މިކަމުގައި ލިބިގެންދާނެ އެންމެ ބޮޑު އުފަލެވެ.