އުމުރުން 26 އަހަރުގެ ނެޒާ އަކީ ބ. އަތޮޅުގެ އަނަންތަރާ ކިހަވައް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ފުލުހުން ބުނެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިސޯޓުގެ ޖެޓީ މަތީގައި ބަގީ ދުއްވަނިކޮށް އޭނާ މޫދަށް ވެއްޓުނީ ކަމަށެވެ.
ބަގީއެއް ދުއްވާފައި ދަނިކޮށް މޫދަށް ވެއްޓުނު ކަމަށް ބުނާ މޮރޮކޯގެ ޒުވާނާ، ނެޒާ އޮބްލާ ރޭ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ނެޒާ އަކީ ބ. އަތޮޅުގެ އަނަންތަރާ ކިހަވައް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ފުލުހުން ބުނެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިސޯޓުގެ ޖެޓީ މަތީގައި ބަގީ ދުއްވަނިކޮށް އޭނާ މޫދަށް ވެއްޓުނީ ކަމަށެވެ.
ހާލު ސީރިއަސްވެ، އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އެވެ، އެކަމަކު ރޭ 10:00 ހާއިރު އޭނާ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. އަދި މިހާތަނަށް ބެލި ބެލުމުން ހާދިސާ ހިނގުމުގައި ތުހުމަތު ކުރެވޭ އެއްވެސް ފާހަގަނުކުރެވޭ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނެޒާގެ ބޮލަށް ބޮޑު އަނިޔާއެއް ލިބިފައިވެ އެވެ. އެކަމަކު އެކަން ހޮސްޕިޓަލުންނާއި އަދި ފުލުހުން ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ. އެނގޭހާ ވެސް އެއްޗަކީ އޭނާގެ ހާލު ވަރަށް ސީރިއަސްވެގެން ފަރުވާ ދެމުންދިޔަ ކަމެވެ. މިހާދިސާ އާއި ގުޅޭ ގޮތުން އާއިލާ އަދި ރަހުމަތްތެރިން ވަނީ ސުވާލު އުފައްދައިފަ އެވެ.