ކަރަށް ވަޅި ޖަހައި މަރާލާފައި ވަނީ މާވަށު ޒުވާނެއް ކަމަށްވާ ނަލަހިޔާ، މޫސާ އިބްރާހިމް 29، އެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ލ. މާވަށުގައި ޒުވާނެއްގެ ކަރަށް ވަޅި ޖެހި މައްސަލައިގެ ތަހުމަތުގައި ހައްޔަރު ކުރި ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29، ގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ކަރަށް ވަޅި ޖަހައި މަރާލާފައި ވަނީ މާވަށު ޒުވާނެއް ކަމަށްވާ ނަލަހިޔާ، މޫސާ އިބްރާހިމް 29، އެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
މުހައްމަދު އިބްރާހިމްގެ ކަރަށް ވަޅި ޖަހާފައި ވަނީ އެ ދެ މީހުންގެ މެދުގައި މިއަދު ހެނދުނު ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ދެ މީހުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ މީހުންނެވެ. މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު އިބްރާހީމަކީ ދޭތެރެއަކުން މާވަށަށް ގޮސް އުޅޭ މީހެކެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.