މަރުވެފައި ވަނީ އެރަށު، ނަލަހިޔާ، މޫސާ އިބްރާހިމް 29، އެވެ. އޭނާއަށް ލިބުނު ޒަހަމްތަކުގެ މައުލޫމާތު ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައި ވަނީ އެރަށު، ނަލަހިޔާ، މޫސާ އިބްރާހިމް 29، އެވެ.
ފުލުހުން ބުނީ އެރަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ.
މޫސާ އިބްރާހިމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މޫސާ އިބްރާހިމްގެ ކަރަށް ވަޅި ޖެހީ އޭނާއާއެކު މާރާމާރީ ހިންގި މީހެކެވެ. އެއީ ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް 29، އެވެ. ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ދެ މީހުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ މީހުންނެވެ. މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު އިބްރާހީމަކީ ދޭތެރެއަކުން މާވަށަށް ގޮސް އުޅޭ މީހެކެވެ.