މަސްތުވެގެން ހުރެ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރަށް

ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް ރޯކޮށްލި ކޮޓަރީގައި ހުރި ގިނަ ސާމާނު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވެގެން ހުރެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާ --

މަސްތުގެ ހާލަތުގައި ދިރިއުޅޭ ގޭތެރޭގައި ހަމަނުޖެހުން ހިންގައި، ކޮޓަރިއެއްގައި ރޯކޮށްލި މީހަކު އދ. އޮމަދޫން ފުލުހުން ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އެރަށު، ސްޓެއްލާ، އަހުމަދު ނާފިރު 32، އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މަސްތުގެ ހާލަތުގައި ހުރެ، އަޑު ގަދަކޮށް، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ތަކެއްޗަށް ގެއްލުން ދީ އަދި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި އަލިފާން ރޯކޮށްލި މައްސަލައިގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ރޭ 9:27 ހާއިރު އެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް ރޯކޮށްލި ކޮޓަރީގައި ހުރި ގިނަ ސާމާނު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.