ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

އެ އަތޮޅުގައި ހިދުމަތް ދޭން ބޭނުންކުރާނީ ހައި ސްޕީޑް ދެ ފެރީ ދެ ރޫޓަކަށް ބަހާލާފައިވާއިރު، ރޫޓްތައް ކަނޑައަޅާފައިވަނީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާ ގޮތަށެވެ.

ބ. އަތޮޅުގައި އާރުޓީއެލް ފެރީއަކުން މީހުން ފައިބަނީ. --ފޮޓޯ: ޓްރާންސްޕޯޓް

ހައި ސްޕީޑު ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވައިލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. 

އެ އަތޮޅުގައި ހިދުމަތް ދޭން ބޭނުންކުރާނީ ހައި ސްޕީޑް ދެ ފެރީ ދެ ރޫޓަކަށް ބަހާލާފައިވާއިރު، ރޫޓްތައް ކަނޑައަޅާފައިވަނީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާ ގޮތަށެވެ.

ޓެސްޓު ދަތުރުތައް ހިލޭ ކުރެވުނަސް، ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންނެވެ. ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނަ އިރު، އެ އަތޮޅުގެ އާބާދީ 12،000 އިން މައްޗަށް އަރަ އެވެ.

ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން އާރުޓީއެލްގެ ހިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.