ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ސޯބިރު އަވަހާރަ ވެއްޖެ

އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އޭނާއަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުއްވާފަ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް މިއަދު ވަނީ ތައުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފަ އެވ

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރު: މިއަދު ވަނީ އަވަހާރަވެފައި --

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި ހަސަން ސޯބިރު މިއަދު އަވަހާރަ ވެއްޖެ އެވެ.

ދިވެހި ދައުލަތަކަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ސޯބިރު އަވަހާރަވެފައި ވަނީ ކެންސަރު ބަލީގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށްކަން އެނގިފައިވެ އެވެ. އުމުރުން 74 އަހަރުގައި އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އޭނާއަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުއްވާފަ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް މިއަދު ވަނީ ތައުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފަ އެވެ.

ސޯބިރު ފާހަގަވެގެންދަނީ، ދިވެހި ގައުމުގެ އިގުތިސޯދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެ އެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ހިދުމަތްތައް ވެސް ފާހާގަކޮށްލެވެ އެވެ.

ސޯބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، ފެބުރުވަރީ 7، 1973 ގައެވެ. އޭނާގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ނޭޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިން އޭޖެންސީ އުވައިލައްވައި، ނޮވެންބަރު 10، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައް އޭނާ ފުރުއްވި އެވެ.

އަދި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަތަރު ވަނަ ރިޔާސީ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު، ނޮވެމްބަރު 11، 1993 އެކުލަވައިލެއްވި ކެބިނެޓުގައި، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ، ހަސަން ސޯބިރެވެ. ރައީސް މައުމޫންގެ ރިޔާސީ ފަސްވަނަ ދައުރުގެ ކެބިނެޓްގައި ސޯބިރު ހުންނެވީ ޓުރިޒަމް މިނިސްޓަރަކަށެވެ.

އޭގެ ފަހުން ސޯބިރުގެ ހިދުމަތް، ރާއްޖޭގެ ހާރިޖީ ދާއިރާއިން ވެސް ފެނިގެން ދިޔަ އެވެ. އެގޮތުން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.