ލަންކާގެ ރައީސް ޑިސަނައިކެ ރާއްޖެ އަށް މި ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނައިކެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ޑިސަނައިކެ ރާއްޖެ ވަޑައިގެންފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ. އޭނާ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދަންނަވާފައި ވަނީ ރައީސް އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނައިކެ ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ އެވެ.
ލަންކާގެ ރައީސް ޑިސަނައިކެ ރާއްޖެ އަށް މި ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.
ޑިސަނައިކެ މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ ވެސް ރާއްޖެ ވަޑައިގެންފައި ވަނީ ރައީސް މުއިއްޒުގެ ދައުވަތަކަށެވެ.