އަލަށް ގާއިމް ކުރި އެމްސީޖީއެޗް އޮޕްޓިކަލްސް އިން ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
އާސަންދައިން ހިލޭ އައިނު ހެއްދޭ ގޮތަށް ގާއިމުކޮށްފައިވާ ސަރުކާރުގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
އައިޖީއެމްއެޗުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށަން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވީ މިދިޔަ މޭ މަހުގެ 31 ގައެވެ.
އަލަށް ގާއިމް ކުރި އެމްސީޖީއެޗް އޮޕްޓިކަލްސް އިން ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަނީ، އޮގަސްޓް މަހު ހުޅުމާލޭގައި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުގައި ވެސް، އައިނު ހެއްދުމުގެ ހިދުމަތް ފައްޓަވައިދެއްވާނޭކަން އިއުލާނު ކުރައްވާފަ އެވެ.