ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީ ކުރި މި އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ/
މި އިމާރާތް މި ދެ ކޯޓުން ބޭނުން ކުރަން ފެށުމާއެކު، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި އިމާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި؛
ރައީސް އޮފީހުން ބުނީ ޖަސްޓިސް ބިލްޑިންގް އެނެކްސް އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަކަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެ ކަމަށެވެ.
ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މިއަދު ހުޅުވި އިމާރާތް ބޭނުން ކުރާނީ އެތަން ހެދެންދެނެންވެ.
ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ބޮޑުވެ، މިހާރު ޝަރީއަތް ކުރަމުން ދަނީ އެކި ސެކްޝަންތަކަށް ދުވަސްތައް ބަހާލައިގެންނެވެ. ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެންވުމުގެ ސަބަބުން މައްސަލަތައް ވަރަށް ބޮޑަށް ވަނީ ލަސްވެގެން ގޮސްފަ އެވެ.