"ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިންގަވާފައި އުޅުއްވުމުގައި އެއްވެސް ބޭފުޅަކަށް އެއްވެސް އިރެއްގައި ހުރަހެއް ނޯންނާނެކަމުގައި ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހަވީރު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދު މެންދުރުފަހު 13:00 އިން ފެށިގެން ބަންދު ވާނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހަރަކާތްތައް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާތީ، އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަނުން މަނާ ވާނެ ކަމަށެވެ.
"ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިންގަވާފައި އުޅުއްވުމުގައި އެއްވެސް ބޭފުޅަކަށް އެއްވެސް އިރެއްގައި ހުރަހެއް ނޯންނާނެކަމުގައި ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.
އެހެންކަމުން، ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް، އާންމު އުޅަނދުފަހަރު އެ ސަރަހައްދަށް ވަދެ ނިކުތުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، މިސްކިތަށްދާ ފަރާތްތަކަށް އެ ޒޯނުން ބޭރުގައި، ވެހިކަލް ޕާކްކުރުމަށް ފަހު ހިނގާފައި ދިއުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ބުންޏެވެ.
ހިނގާފައި އިސްލާމީ މަރުކަޒަށް ނަމާދަށް ދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، އިއްޔެ އެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން އަސުރު ނަމާދުގައި މުޅިތަން އޮތީ ހުހަށެވެ. އިއްޔެ އެ ސަރަހައްދު ބަންދުކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތްތަކާ ގުޅިގެންނެވެ.
އަސުރު ނަމާދު ވަގުތު އިސްލާމީ މަރުކަޒަށް ނަމާދަށް ދިޔައީ އެންމެ މީހެކެވެ. އެތަން ހުހަށް އޮތް ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ސަރުކާރަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.