މެޑަލް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވަނީ ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަހުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ސިފައިންނާ އެއްފުރާޅެއްގެ ދަށުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
މިއީ މި ދެ އިދާރާއާ އެއް ފުރާޅެއްގެ ދަށުން ރައީސް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމަނިކުފާނު މި އިދާރާތަކާ ބައްދަލުކުރައްވަނީ ވަކިވަކިންނެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ޕޮލީސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް އާއި މަތިވެރި ހިދުމަތުގެ މެޑަލް އަދި ރައީސްގެ މެޑަލް ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑަލް ހަވާލުކޮށްދެއްވާފަ އެވެ. އަދި ފުލުހުންގެ ތެރެއިން ރައީސްގެ މެޑަލް އާއި މަތިވެރި ހިދުމަތުގެ މެޑެލި ލިބޭ ފުލުހުންނަށް ވެސް އެމަނިކުފާނު ވަނީ މެޑަލް ހަވާލުކޮށްދެއްވާފަ އެވެ.
އެގޮތުން؛
މެޑަލް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވަނީ ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަހުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ސިފައިނާއި ފުލުހުން އަދާކުރަމުންދާ ހިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަން ފާހަގަކުރެއްވި އެވެ.