ޑިފެންސްގެ އާ އިމާރާތް، ދޮށިމޭނާ ބިލްޑިންގު ހުޅުވައިފި

ކޯސްޓުގާޑު ބިލްޑިންގް ހުރި ތަނުގައި އަލަށް އެޅި އިމާރާތް ހުޅުއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތަށްފަހު މޯދީ އަދި ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވާފަ އެވެ.

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ، ދޮށިމޭނާ ބިލްޑިންގު ހުޅުއްވައިދެއްވަނީ --

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް، ދޮށިމޭނާ ބިލްޑިންގު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ކޯސްޓުގާޑު ބިލްޑިންގް ހުރި ތަނުގައި އަލަށް އެޅި އިމާރާތް ހުޅުއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތަށްފަހު މޯދީ އަދި ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވާފަ އެވެ. 

މި އިމާރާތް ހުޅުއްވައިދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ މިއީ އިންޑިއާ އާއި ރާއްޖޭގެ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މިސާލެއް ކަމަށެވެ.

މި އިމާރާތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީ ކޮށްފައިވާ 10 ބުރީގެ އިމާރާތެކެވެ. ކުރީގެ ކޯސްޓްގާޑު ހުރި އިމާރާތް ތަޅައިލައި، އާ އިމާރާތުގެ ބިންގާ އަޅާފައި ވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގަ އެވެ. ނަމަވެސް އެތަން އިމާރާތް ކުރަން ފެށީ 2019 ވަނަ އަހަރު އެވެ.

އަލަށް ހުޅުވި އިމާރާތުގައި ޑިފެންސް މިނިސްޓްރީގެ އިތުރުން ކޯސްޓްގާޑުގެ ހިދުމަތްތަކަށް އެތަން ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.