އެއްފަހަރާ 200 މީހުންނަށް ފަރުވާ ދެވޭ ދެ ޕޯޓަބަލް ހޮސްޕިޓަލް އިންޑިއާއިން ހަދިޔާކޮށްފި

ޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ ކިއުބެކެވެ.

އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

އެމަޖެންސީ މެޑިކަލް ރެސްޕޮންސް ހަރުދަނާ ކުރުމަށް އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ނުވަތަ ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފި އެވެ

"އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ. މި ހެލްތު ކިއުބް ހަވާލުކުރުމަށްޓަކައި ސަލްޓަން ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގަތެވެ،

ސަރުކާރުން ނެރޭ ނޫހުގައިވާ ގޮތުގައި، މި ހެލްތް ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، ޕަވާ ޖަނަރޭޓަރު، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެ އެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.

މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓެވެ.

މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތައް ރިއާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އިންޑިއާއިން ހަދިޔާކުރާ މި ދެ ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އިން ކަމަށެވެ. 

އެ ސާވިސްއަށް އިންޑިއާ ސަރުކާރުން ވަނީ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އާއި ގުޅޭ ޓްރޭނިން ޕްރޮގްރާމެއް ވެސް ބާއްވާފަ އެވެ. މި ޓްރޭނިން ޕްރޮގްރާމުގައި ރާއްޖޭގެ 20 ބޭފުޅުން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި، ބަޔޯމެޑިކަލް ބޭފުޅުންނާއި އަދި ނަރުހުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.