އެމްއެންޑީއެފުން ބުނީ ވީއައިއޭގެ އާ ޓީމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާދަމާ ރޭ 8:30 ގައި މާލެ ވަޑައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށެވެ. އަދި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާދަމާ ރޭ މާލޭ 19 ދިމާލަކުން ހަވާ އަރުވަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ވީއައިއޭގެ އާ ޓީމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާދަމާ ރޭ 8:30 ގައި މާލެ ވަޑައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށެވެ. އަދި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށެވެ.
މި ހުރިހާ ސަރަހައްދެއްގައި ހަ މިނެޓަށް ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަން ރޭ އަރުވާ ހަވާ ވެގެން ދާނީ ތަފާތު އަދި ތާރީހީ ހަވައަކަށެވެ.
ރާއްޖޭގައި ފަހަކަށް އައިސް އެރުވި އެންމެ ތާރީހީ ހަވާއަކީ ސިނަމާލެ ބްރިޖު ހުޅުވުމަށް އޮގަސްޓް 30، 2018 ގައި ބޭއްވި ހަވާއެރުވުމެވެ. އެފަހަރު ބްރިޖް އެއްކޮޅުން އަނެއްކޮޅަށް ވާގޮތަށް ވަނީ ހަވާ އަރުވާފަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މީގެ ކުރިން ބުނެފައި ވަނީ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ ސަޕްރައިޒް ތަކެއް ވެސް ހުންނާނެ ކަމަށެވެ. ޓާމިނަލް ހުޅުވުވަމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު ވަނީ ދީފަ އެވެ. މި އިވެންޓުގައި 6،000 މީހުންނަށް ދައުވަތު ދޭނެ ކަމަށްވެ އެވެ.
ވަރަށް ކުލަ ގަދަކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. އެ ޓާމިނަލް ތަރައްގީކޮށްފައި އެވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައި، ހިދުމަތް އަވަސްކޮށް ފުރިހަމަވާނެ ގޮތަށެވެ.