އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި އުޅަނދުތަކުގެ ތެރޭގައި އިމާރާތް ކުރުން ފަދަ މަސައްކަތްތަކުގައި ބޭނުން ކުރެވޭނެ އުޅަނދުތައް ވެސް ހިމެނެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި އުޅަނދުތަކުގެ ތެރޭގައި އިމާރާތް ކުރުން ފަދަ މަސައްކަތްތަކުގައި ބޭނުން ކުރެވޭނެ އުޅަނދުތައް ވެސް ހިމެނެ އެވެ. މިއީ ދިވެހި ސިފައިން ބައެއް ކަންކަމުގައި ބޭނުންކުރެވިދާނެ އުޅަނދުތަކެއް ކަމަށް ބެލެވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 3300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި އެ އިމާރާތްތައްވެސް މިއަދު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. މި ފްލެޓްތައް އަޅާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިޔަން ޑޮލަރު ނުވަތަ 3.5 ބިލިޔަން ރުފިޔާގެ ލޯނުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓެކެވެ.