އިންޑިއާއި ރާއްޖެއާ ދެމެދު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ލައިންގެ އެއްބަސްވުމަކާއި ޑޮލަރު ކްރެޑިޓު ލައިން އެއްބަސްވުމެއްވެސް ހިމެނެ އެވެ.

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހަނދާނީ ހަދިޔާއެއް ބަދަލު ކުރަނީ -- ރައީސް އޮފީސް

އިންޑިއާއާއި ރާއްޖެއާ ދެމެދު އަށް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދި ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރަސްމީ މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސޮއިކުރި އެއްބަސްވުންތައް

  • 1.ރާއްޖެއާއި އިންޑިއާއާ މިނިވަން ވިޔަފާރި އެއްބަސްވުމުގެ މަޝްވަރާ ފެށުން
  • 2.565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ލައިން
  • 3.ޑޮލަރު ކްރެޑިޓު ލައިން އެއްބަސްވުން
  • 4.މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • 5.ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން
  • 6.މޫސުމާބެހޭ ޢިލްމާއި، ޖައްވުގެ ޢިލްމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން އޮނިގަނޑެއް ޤާއިމުކުރުމާ ބެހޭ އެއްބަސްވުން
  • 7.ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުން
  • 8.ކްރޮސް ބޯޑާ ރެމިޓެންސް އެއްބަސްވުން

ބޮޑު ވަޒީރު މޯދީގެ މި ޒިޔާރާތަކީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތްފަހުން މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2019 އަދި 2020 ވަނަ އަހަރު މޯދީ ވަޑައިގެންފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.